އުރީދޫގެ 16 ވަނަ އުމްރާ ލިބުނީ އާމިނަތު މަލްޝާއަށް

އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 16 ވަނަ ނަސީބުވެރިއަކަށް އާމިނަތު މަލްޝާ، ށ. ގޮއިދޫ ހޮވިއްޖެ އެވެ.

އާމިނަތު މަލްޝާއަށް މި ލަކީ ޑްރޯގައި ލިބިފައި ވަނީ އުމްރާ ދަތުރެކެވެ. އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ކެމްޕެއިނެކެވެ.

އެ ގޮތުން މި ކެމްޕެއިންގައި 19 އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން
ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް.
ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު.
ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2 މީހަކަށް ހައްޖު ދަތުރެއް.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް
އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން.
އުރީދޫ މޯލްޑިވްސް އިން ވަނީ 20 އަހަރުގެ ކުޑަ މުއްދަތުގައި މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ.

މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއްކަން އުރީދޫން ފާހަގަކުރެ އެވެ.

ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *