ބެންކޮކަށް މޯލްޑިވިއަންގެ ދަތުރުތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 12 ވަނަ ދުވަހުން އޮގަސްޓް ދެވަނަ ދުވަހަށެވެ.
ކޮންމެ އާދިއްތަ ދުވަހަކު ބާއްވާ މި ދަތުރުތަކުގައި މާލެއިން ފުރާނީ ހެނދުނު 11:00 ގަ އެވެ. ބެންކޮކުން ފުރާނީ އިރުއޮއްސި 6:40 ގަ އެވެ.
މި ދަތުރުތަކުގައި ދެކޮޅު ޓިކެޓް ފެށެނީ 399 ޑޮލަރަށެވެ.
މި ދަތުރުތަކުގައި 25 ކިލޯގެ ބެގޭޖު އެލަވަންސް ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.




