ޔަހޫދީ ސިފައިން ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީފި

ގާޒާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ދައިރް އަލް-ބަލާހްގައި ހުންނަ އަލް-އަޤްޞާ ހޮސްޕިޓަލަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒުރޭލުގެ އަސްކަރިއްޔާ އިން ހަމަލާދީފި އެވެ.

އިޒުރޭލުން ބުނީ އިއްޔެގެ ވަގުތެއްގައި މި ހަމަލާދީފައިވަނީ ހޮސްޕިޓަލްގެ ގޯތި ތެރޭގައި ފިލައިގެން އުޅުނު ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ކަމަށެވެ.

މިހަމަލާތަކުގައި ހަމާސްގެ ކޮމާންޑަރު ޝަހީދުކޮށްލެވުނު ކަަމަކަށް އިޒުރޭލަށް ޔަގީންކޮށްދެވިފައެއް ނުވެ އެވެ.

އިޒުރޭލުން ތުހުމަތުގައި ހަމާސްގެ ކޮމާންޑަރަކީ ޔަހޫދީ ސިފައިންނާއި އިޒުރޭލުގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ރާވަމުންދިޔަ އިސް މީހެކެވެ.

އަލް-އަޤްޞާ ހޮސްޕިޓަލްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެތަނުގައި ހުންނަ ވިއްސާ ކޮޓަރި ކައިރީގައި ހުރި ގުދަނެއްގެ ކައިރިއަށް ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި ތިން މީހަކު ޒަހަމުވެ އިތުރު ސަރަހައްދަކަށް ދިން ހަމަލާއެއްގައި ތިން މީހުން މަރުވެފައިވެ އެވެ.

އިޒުރޭލުގެ މި ހަމަލާތަކަކީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ އެހީތެރިކަމާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލާފައިވަނިކޮށް އެ ސަރަހައްދުގައި ހިނގި އެންމެ ފަހުގެ ލޭއޮހޮރުވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *