އިރާނުގައި ކައިވެނި ޕާޓީއެއް ހިނގަމުން ދަނިކޮށް ހަމަލާދީފި

އިރާނުގެ ދެކުނުގެ ސަރަހައްދެއްގައި ކައިވެނި ޕާޓީއެއް ހިނގަމުން ދިޔަ ތަނަކަށް އެމެރިކާ އިން ހަމަލާދިނުމުން ބައެއް މީހުން މަރުވެ، އެތައް ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް އިރާނުން ބުނެފި އެވެ.

އިރާނުގެ މަސްއޫލުވެރިން މި ހަމަލާ ސިފަކޮށްފައިވަނީ އާންމުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގެ ގޮތުގައެވެ. ނަމަވެސް އެމެރިކާއިން ބުނީ މި ހަމަލާއަކީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އިރާނުން ދޭން އުޅުނު ހަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުން، އެގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ރާޑަރު ސިސްޓަމްތަކަށާއި، ކަނޑުގެ އަސްކަރީ ވަސީލަތްތަކުގެ އިތުރުން ކަނޑުއަޑީގެ މައިން ވަޅުލުމުގެ ގާބިލްކަން ހުރި ތަންތަނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެމެރިކާގެ ލާއިންސާނީ ހަމަލާއާ ގުޅިގެން އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަގުތުން ވަރުގަދަ ރައްދު ހަމަލާތަކެއް ދީފަ އެވެ.

އެމެރިކާ އާއި އިރާނުން އަލުން ހަމަލާތައް އަލުން ފެށިފަހުން ދެއްވި ފުރަތަމަ މެސެޖުގައި އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީ ވަނީ އެމެރިކާއަށް އިންޒާރު ދެއްވާފަ އެވެ. އެގޮތުން މުޖްތަބާ ވިދާޅުވީ އެމެރިކާގެ ވޮޝިންޓަނަށް "ހަނދާނުން ފޮހެލަން ދަތި ފިލާވަޅުތަކެއް" އިރާނުން ދޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *