އިންސާފް ނަމުގައި ރޯ އައުގުރާނަ ގޮވައި ބޭއަދަބީ ވުމަކީ ސަޅިކަމެއް ނޫން!

ފެނުނީ ޖެންޒީ ޖެނެރޭޝަންގެ ކުޅަދާނަ ކަމާއި އިންސާފު ހޯދަން އަޑު އުފުލި މަންޒަރެއް ނޫނެވެ. ބޭއަދަބީ ބަސްތަކާ އަހުލާގީ ގޮތުން ދަށްވެފައިވާ މިންވަރެވެ.

ބޭއަދަބީ ބަސްތަކުން އިހްތިޖާޖްކޮށްގެން ބޭއަދަބީ ވައްތަރުތައް ޖައްސާ މީހުންގެ އަބުރު ކަތިލާ އަންހެނުންނާ ފިރިހެނުން އެއްވެ ހަޔާތް ނަގައިލައިގެން މުޒާހަރާ ކުރުމަކީ އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައިދިނުމެއް ނޫނެވެ.

ސިޔާސީ ރަންޑިން ދަސްކޮށްދިން މިހުތުރު ނަމޫނާ ދައްކަން ޒުވާންޖީލެއް ނެރެ މަގުމަތީގެ ކަރާމާތް ނަގާލުމަކީ މޮޅު ކަމެއް އަދި ސަޅިކަމެއް ވެސް ނޫނެވެ.

އިންސާފަށް އެދި އަޑު އުފުލާ މަސައްކަތްކުރަންވީ އިސްލާމީ ހުދޫދާއި ތަރަހައިގެ ތެރެއިންނެވެ.

މިހާރު އިދިކޮޅުގައި ތިބި ސިޔާސީން ނިކުމެ ތިކުޅިވަރު ކުޅެގެން އައިސް އެމީހުންގެ ވެރިކަމުގައި ވެސް އިންސާފު ހޯދައިދިން މަރެއް އަނިޔާއަކަށް އިންސާފު ލިބުނު މީހެއްނެތެވެ.

ޑްރަގް ބޭނުންކޮށްގެން ޕާރޓީކުރާ މީހުން އެކުރާ ކަމަކީ ނޯމަލައިޒް ކަމެއް ކަމަށް ހަދާ އެއީ އެމީހުންނަށް ލިބިގެންވީ ހައްގެއްކަމަށް ދައްކާ އިންސާނީ ކަރާމާތް ނަގާލަން ފުރުސަތު ދިނުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ.

ޕާޓީކޮށް ޑްރަގް ބޭނުންކޮށް އެކަން ނޯމަލައިޒްކޮށް ޒުވާންޖީލެއް ހަލާކުވަމުންދާތާ އެތައް ދުވަހެކެވެ. އިންސާފުގެ ކުރިމަތީގައި ނެޕޯ ބޭބީ އެއް އެހެން ބޭބީއެއް އޮވެގެންނުވާނެއެވެ.

އެކަމަކު އަދަބު އަހުލާގުން ބޭރުވެ ސިޔާސީ ރަންޑިން މުޒާހަރާތަކުގައި އުޅޭ ގޮތަށް ޒުވާންޖީލެއް ނެރެ އުޅެން ދަސްކޮށްދިނުމަކީ އިންސާފު ހޯދަން އަޑުއުފުލުމެއް ނޫނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *