ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް ހަމަލާދީފި

ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑް — އީރާންގެ ސައުތު ޕާސް އަށް އިޒްރޭލުން މިރޭ ހަމަލާ ދީފި އެވެ.

ހަމަލާއާއި ގުޅިގެން އެ ތަނުގައި ބައެއް ގޮވައި ވަރަށް ބޮޑަށް ރޯވަމުން އެބަދެ އެވެ.

ނެޗުރަލް ގޭސް ނެގުމުގެ މަސައްކަތްތަކެއް ކުރަމުންދާ ރިފައިނަރީއަށް ހަމަލާދީފައިވާކަން އިރާންގެ ތަސްނީމް ނިއުސް އެޖެންސީން ޔަގީންކޮށްދީފައިވެ އެވެ.

މިއީ 1980ގެ ތެރޭގައި އީރާން-އިރާގު ހަނގުރާމައަށްފަހު ސައުތު ޕާސްއަށް މިފަދަ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.

އިޒުރޭލުން މިދިޔަ ހުކުރު ދުވަހުގެ މެންދަމުން ފެށިގެންދާ ހަމަލާތަކުގައި އިރާނަށް ބޮޑެތި ގެއްލުންތަކެއްދީ އިރާންގެ އިސްވެރިންތަކެއް އަވަހާރަކޮށްލާފައިވެ އެވެ. ރައްދުގައި އިރާނުންވެސް ވަނީ އިޒުރޭލުގެ އެކި ތަންތަނަށް ހަމަލާތަކެއްދީ ގެއްލުންތަކެއް ދީފަ އެވެ.

އިޒުރޭލުން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ހަމަލާ ދޭނެ ކަމަށްވެސް އިޒުރޭލުން ދަނީ ބުނަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *