އީރާނުގެ ރޭގެ ހަމަލާގައި އިސްރާއީލްގެ އެތަންތަނެއް ގޮއްވާލައި ފުޑުފުޑުކޮށް އެތައް ބަޔަކު މަރާލައިފި

އީރާނުން އިސްރާއީލްގެ މުހިންމު ސިޓީތަކަށް އައު ހަމަލާތަކެއް ރޭ ދީފިއެވެ.

އީރާނުގެ ހަމަލާތައް ދީފައި ވަނީ އައު މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެންނެވެ. އިސްރާއީލުން ވެސް ވަނީ ރޭ އީރާންގެ ވެރިރަށް ތެހެރާނަށް ބޮން އަޅާފައެވެ.

މިއީ ފުރިހަމަ ހަނގުރާމައަކަށް ވެދާނެކަމުގެ ބިރުވެރިކަން އިތުރުވެފައިވާއިރު، މިއީ އިސްރާއީލުން ހުކުރު ދުވަހު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން މި ހަމަލާތައް ދެމިގެންދިޔަ ތިންވަނަ ދުވަހެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ އާދީއްތަ ދުވަހުގެ ފަތިހަށް ވަންދެން، އީރާނުގެ މިސައިލްތަކުން އުތުރު އިސްރާއީލަށް ހަމަލާދީ، މަދުވެގެން 3 މީހުން މަރުވެ، 13 މީހުން ޒަޚަމްވެފައިވެއެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ އިތުރު ވީޑިއޯތަކުން، އަދި އަލްޖަޒީރާގެ ވަސީލަތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އުތުރު އިސްރާއީލުގެ މަތިން އީރާނުގެ މިސައިލްތައް ފެނިފައިވެއެވެ.

އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓްކުރި ގޮތުގައި، ހައިފާ އަދި އެ ސަރަޙައްދާ ކައިރީގައިވާ ތަމްރާއަށް މިސައިލް ހަމަލާތައް ވަނީ އަމާޒުވެފައެވެ.

އީރާންގެ ހަކަތައާއި ގޭސް މަރުކަޒުތަކަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލުގައި ހައިފާއަށް ހަމަލާދޭނެކަމަށް އިސްރާއީލުގެ ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ. އެއީ އެ ރަށުގެ ކަނޑުއައްސޭރި ސިޓީގައި މުހިންމު ގޭސް އިންފްރާސްޓްރަކްޗަރ ހުރުމުންނެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަވެރި ޢަމަލުތައް ހިންގުމަށް އިސްރާއީލްގެ ޢާންމުންގެ ފަރާތުން ފުޅާ ދާއިރާއެއްގައި ތާއީދު ލިބޭ ނަމަވެސް، ގިނަ އިސްރާއީލު މީހުން މި ހަނގުރާމައާއި މެދު ޝައްކުކުރެއެވެ.

އަލލްޖަޒީރާއަށް ވާހަކަދައްކަމުން، އިސްރާއީލުގެ ސިޔާސީ ތަޙުލީލުވެރިއެއް ކަމަށްވާ އޮރީ ގޯލްޑްބަރގް ބުނި ގޮތުގައި، އެ ގައުމުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި އިތުބާރު ނެތްކަން ދަނީ އިތުރުވަމުންނެވެ.

"އީރާނާ ދެކޮޅަށް ދިއުމަށް ބޮޑު ތާއީދެއް އެބައޮތް، އެއީ ރަސްމީ ވާހަކައެއް، އެކަމަކު މި ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާލެވޭނެ ކަމަކަށް ނުވަތަ ވެރިކަން ބަދަލުވާނެ ކަމަކަށް މީހުން ނުދެކޭ، އެމީހުން މިހާރު ވަނީ އަމިއްލައަށް ރައްކާތައްކާތެރިވާން ފަށާފަ." އޭނާ ބުނެފަވެއެވެ.

ގޯލްޑްބަރގް އިތުރަށް ބުނި ގޮތުގައި، ގިނަ މީހުން ޝައްކުކުރަނީ މި ކެމްޕޭނުގެ ފަހަތުގައި ސިޔާސީ މަޤްޞަދުތަކެއް ހުރި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *