ކުރިއަށް އޮތް އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއަ ކުރުމަށް ހަމަޖެހިފައިވާ "ކަނބުލޮ" ފިލްމުގެ ފުރަތަމަ ޓްރެއިލާ މިއަދު ނެރެފި އެވެ.
ކިޑް ޕްރޮޑަކްޝަންއާއި ސެޓާން ސްޓޫޑިއޯ އިން ގުޅިގެން އުފައްދާފައިވާ މި ފިލްމުގެ ޓްރެއިލާ މިއަދު އާންމުކުރިއިރު އަސަރުން ފުރިގެންވާ މަންޒަރުތަކެއް ޓްރައިލައިން ފެނިގެންދެ އެވެ.
ޓްރެއިލައިން ފެންނަ ގޮތުގައި ފިރިހެނެއްގެ އަނިޔާވެރިކަމާއި އަސަރުން ފުރިގެންވާ ލޯބީގެ އެތައް މަންޒަރެއް މި ފިލްމުގައި ހިމެނޭނެ އެވެ.
ކަމަނަ ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހްމަދު ނިމާލް، ޝީލާ ނަޖީބު، އަހްމަދު އީސަ (އާނަންދު)، ވާސިއާ މުހައްމަދު, މަރިޔަމް ޝަކީލާ އެވެ.
މި ފިލްމަކީ 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ވާހަކަ ލިޔެފައިވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލް ޣަނީ އެވެ.
މި ފިލްމުގެ ޓިކެޓް ބުކް ކުރުމަށް މިހާރު ހުޅުވާލާފައިވާއިރު ފިލްމުގެ ޝޫޓިން ނިންމުމަށްފަހު މިހާރު ކުރިއަށް ދަނީ އެޑިޓިންގެ މަސައްކަތްތަކެވެ.




