ސެމްސަންގް ގެލަކްސީ ޒީ ފޯލްޑް 7 ގެ ދެ ސްކްރީން ހުޅުވައި ލައްޕައިދޭ ހުޅު، ފިންޏަށް ވަރަށް ބަލި ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ފިނި ގަދަ މާހައުލެއްގައި ގެލަކްސީ ޒީ ފޯލްޑް 7 ބޭނުންކުރާ ނަމަ އުމުރު ކުރުވުން އެކަށީގެންވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ގެލަކްސީ ޒީ ފޯލްޑް 7 އާންމު މާކެޓަށް ނެރުނީ ފާއިތުވި ޖުލައި 25 ގައެވެ. މިއީ ސެމްސްގް ފަތްޖެހި ފޯނު އާއިލާގައި ވަރަށް ކާމިޔާބު ފޯނެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސެމްސަންގުން މީގެ ކުރިން ނެރުނު ފަތްޖެހި ފޯނުތަކަށް ވުރެ 50 ޕަސެންޓް އިތުރަށް މި ފޯނު ވިކޭނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އެމެރިކާއަށް މި ފޯނު އިއުކާންކުރުމާ އެކު އަދި ޕްރީއޯޑަރަށް ހުޅުވާލުމާ އެކު އޮންލައިން މާކެޓްތައް ތޮއްޖެހި ހިނގައިނުގަނެ އެތައް އިރަކު ހުރި ކަމަށް ވެސް ޓެކްނޮލިޖީ ރިވިއުތައް ބުނެ އެވެ.
ސެމްސަންގުން ފަތްޖެހި ސްކްރީންތައް އުފައްދަން ފަށައި، ފޯނުތައް ލައްޕައި ހުޅުވުމަށް ބޭނުކުރެވޭ ހުޅުގެ ފެންވަރު ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. މި ގޮތުން ގެލަކްސީ ޒީ ފޯލްޑް 7 ގައި ބޭނުންކުރެވޭ ހުޅަކީ އާދައިގެ ފިނިހޫނުމިނުގައި އުމުރު ދިގު ހުޅެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް، ފިނިގަދަ ގައުމުތަކުގައި، ހޫނު ގައުމުތަކަށް ވުރެ އަވަހަށް ސްކްރީން ފަތްޖަހާ ހުޅުތައް ހަލާކުވާނެ ކަމަށް މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރު ކުރެވިފަ އެވެ.




